
ތަޢާރަފްމިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން ދިޔުމެވެ. އެހެންކަމުން މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދުދު މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިގޮތުން މި ރިޕޯޓަކީ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލެވުނު ރިޕޯޓެކެވެ. މި ރިޕޯޓު އެކުލަވައިލީ 2011ވަނަ އަހަރު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އެޑުޔުކޭޝަނުން ހިންގާ ޑިޕްލޮމާއިން ދިވެހި ޓީޗިންގ ގެ ދަރިވަރު ޢާއިޝަތު ނާޖީއެވެ. މިރިޕޯޓިގައި މަސްތުވާތަކެތި...